Friday, November 13
ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޔޫއޭއީއާއެކު މަޝްވަރާކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހޮސަނީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ބާއްވަވާފައެވެ. ޚާއްޞަކޮށް، އިއާދަކުރަނިވި ހަކަތައިގެ އައު އީޖާދުތަކާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

އައިރީނާގެ މިފަހަރުގެ އެސެމްބްލީގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، ރާއްޖެއިން ދަނީ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ގާތްގުޅުމެއް ބާއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު