Friday, November 13
މަސްތުވާތަކެތީގެ މައްސަލައެއްގައި މާޅޮހުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. މާޅޮހުން މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބ. މާޅޮސް / ޑިމްލައިޓް، ޝާމިނު އަބޫބަކުރު (27އ) އެވެ. ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު މާޅޮހު ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ތިންފުޅިއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު