Saturday, October 31
އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިޒްރޭލުން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ބަޑީގެ ހަމަލާތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހަމަލާދީފިއެވެ. ކަމާބެހޭ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި، ރެފިއުޖީން ދިރިއުޅެމުންދިޔަ ފޭލިގެއަކަށް ދިން މި ބޮމުގެ ހަމަލާގައި ފަސް އަހަރުގެ އަންހެން ކުއްޖަކާއި އެކުއްޖާގެ ބޮޑުބޭބެ ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ދިން މި ހަމަލާއާއެކު، އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ފެށުނު ފަހުން އިޒްރޭލުގެ އުދުވާނުގައި ޝަހީދުވި ފަލަސްތީީނު މީހުންގެ އަދަދު މިހާރު ވަނީ މަދުވެގެން 422 އަށް އަރައިފައެވެ.

ޚާން ޔޫނިސްގެ ދެކުނުގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ބުނި ގޮތުގައި، އިޒްރޭލުގެ މި ނުރައްކާތެރި ހަމަލާ އަމާޒުވީ އައްސޭރިފަށުގެ އަލް-މަވާސީ ސަރަހައްދުގައި ހުރި ފޭލިގެއަކަށް ކަމަށެވެ. އަދި މި ހަމަލާގައި އިތުރު ހަތަރު މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އިޒްރޭލު ސިފައިން ދައުވާކުރާ ގޮތުގައި އެމީހުން ހަމަލާދިނީ އިޒްރޭލުގެ ލަޝްކަރަށް ކުއްލި ހަމަލާއެއް ދޭން އުޅުނު ޙަމާސްގެ މުޖާހިދަކަށެވެ. ނަމަވެސް، މި ދައުވާއަށް ބާރުދޭ އެއްވެސް ހެއްކެއް އެމީހުން ދައްކާފައެއް ނުވެއެވެ. އަދި އެ ބަޔާނުގައި އިޝާރާތް ކުރަނީ ފޭލިގެއަށް ދިން ހަމަލާއަށް ކަމެއް ވެސް ސާފެއް ނުވެއެވެ.

ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ހަމަލާދީ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތައް ދަމަހައްޓަމުންނެވެ. ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފައެވެ. އަދި އެ ސަރަހައްދުގެ އިމާރާތްތަކުގެ ގާތްގަނޑަކަށް 88 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބިމާ ހަމަވެފައެވެ.

ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ ފޭލިގެތަކާއި، ވަގުތީ ހިޔާތަކާއި، އަދި އިޒްރޭލު ސިފައިން ފައިބައިގެން ގޮސްފައިވާ ސަރަހައްދުތަކުގައި ހުރި ހަލާކުވެފައިވާ އިމާރާތްތަކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު