Friday, November 13
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު އިސްކަންދަރު ބިލްޑިންގައެވެ. މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ސިނާން ޢަލީއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ރަސްމިއްޔާތުގައި ހުވާކުރި 66 ފުލުހުންގެ ތެރޭގައި ހިމެނެނީ އަންހެން 14 ފުލުހުންނާއި ފިރިހެން 52 ފުލުހުންނެވެ.

އަދި ހުވާކުރުމަށްފަހު އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު