Monday, November 2
ޢުމްރާއަށް ދިޔަ ދިވެއްސެއް ނިޔާވެއްޖެ

ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ، އަލްމަނާސިކް ޖަމާޢަތުގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ޢުމުރުން 60 އަހަރުގެ ފިރިހެނެކެވެ.

އަލް މަނާސިކް ގްރޫޕުން ބުނީ، އެހެން ދިވެހީންނާއެކު ސަޢުޔު ކުރުމުގެ ތެރޭގައި އުޅެނިކޮށް އޭނާ ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހޮސްޕިޓަލާ ޙަވާލާދީ މަނާސިކް ގްރޫޕުން ބުނީ، އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.
އެގްރޫޕުން ބުނީ، ރޭފަތިސް ނަމާދަށްފަހު އޭނާގެ ޖަނާޒާ ބާއްވާފައިވާ ކަމަށެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް ސްކޫލު ބަންދާއި ދިމާކޮށް ގިނަ ބަޔަކު ޢާއިލާއާއެކު ދަތުރު ކުރަމުންދާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން 7000 އަށްވުރެ ގިނަ ދިވެހީން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު