Saturday, October 31
ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރަން ނިންމައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ވެމްކޯއިން ރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ވެމްކޯ އިން ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީ ފެބްރުއަރީ 1, 2026 އިން ފެށިގެން ލުއި ދިނުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑުތަކެއް ތައާރަފުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

މި މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް އެ ކޯޕަރޭޝަނުން ހިއްސާކުރަމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރުމަށް ވިޔަފާރިވެރީން ވަނީ އެދިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު