ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
އެމްއެމްބީސީން ވިދާޅުވީ، އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑީއާތަކަށް ދިނުމަށް ނިންމާފައިވާއިރު، މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެ ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ފަދައިން އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ. މިއަހަރު މާލީ އެހީ ލިބޭ، ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު 1 ޕޭމަންޓެއްގެ ގޮތުގައި ލިބިގެންދާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެއެވެ.އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީއެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތު ހަމަވެއްޖެ pic.twitter.com/BTDGSNHMDP
— Maldives Media and Broadcasting Commission (@MmbcMv) December 29, 2025






