Friday, October 30
ކަމަނާ އަށް ބައިނަލްއަގްވާމީ 3 އެވޯޑް ލިބިއްޖެ

މިދިޔަ އަހަރުގެ އޮގަސްޓް މަހު ބެލުންތެރިންނަށް ގެނެސްދިން ދިވެހި ފިލްމު "ކަމަނާ"އަށް އިންޑިއާގެ ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް(ކޭއައިއެފްއެފް)ގެ ޝަރަފުވެރި ތިން ކެޓަގަރީއަކުން އެވޯޑު ހޯދައިފިއެވެ.

އަހަރަކު އެއްފަހަރު އިންޑިއާގެ ނޯތު ކަރުނާޓަކާގައި ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލްގެ ފީޗާ ފިލްމު ތިން ކެޓަގަރީއަކުން ވަނީ އެވޯޑު ލިބިފައެވެ.

ކަމަނާ އަށް ލިބުނު އެވޯޑްތައް:

ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ހުސައިން މުނައްވަރު

ބެސްޓް ލީޑް އެކްޓަރުގެ އެވޯޑް ޔޫސުފް ޝަފީއު (ޔޫއްޕެ)

ބެސްޓް ލީޑް އެކްޓްރެސްގެ އެވޯޑް މަރިޔަމް އައްޒަ

ފިލްމު "ކަމަނާ"އަށް މި ލިބުނު ޝަރަފުވެރި ކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު ހުސައިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ފިލްމަށް ލިބުނު ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށެވެ.

އެއީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަށް ލިބުނު ޝަރަފެއް ކަމަށާއި ފިލްމު "ކަމަނާ"ގެ ކާމިޔާބީގެ ފަހަތުގައި އޮތީ އެ ފިލްމުގެ މުޅި ޓީމުކަން ފާހަގަކޮށް، އޭނާވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު