އާދިއްތަ, October 18
ލުއިތަކަކާއެކު މީޑިޔާތަކަަށް ދައުލަތުން ފައިސާ ދޫކުރުމުގެ އައު އުސޫލު އާއްމުކޮށްފި

މީޑިޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އައު އުސޫލު މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވަައިލާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

އިއްޔެ ގެޒެޓުގައި ޝާއިއުކުރި އުސޫލަކީ ކުރިން ޔޫތު މިނިސްޓްރީން އެކުލަވައިލި އުސޫލު ބާތިލުކުރުމަށްފަހު ކޮމިޝަނުން މީޑިޔާތަކާ މަޝްވަރާކޮށްގެން އެކުލަވައިލި އުސޫލެކެވެ. އައު އުސޫލުގެ ދަށުން ކުރިން ފައިސާ ލިބުނު މީޑިޔާތަކަށްވުރެ ގިނަ މީޑިޔާތަކަށް ފައިސާ ލިބޭނެ ގޮތަށް ގިނަ ބަދަލުތަކެއް ގެނެސްފަައިވެއެވެ.

އެންމެ މައިގަނޑު އެއް ބަދަލަކީ ދައުލަތުގެ ބަޖެޓުން މީޑިޔާއަށް ދޫކުރާ ފައިސާ ލިބުމަށް ކަނޑައަޅާފައި އޮތް ޝަރުތެވެ. ކުރިން އޮތީ ތިން އަހަރުނުވާ މީޑިޔާތަކަށް ފައިސާ ނުލިބޭ ގޮތަށެވެ. ނަމަވެސް އައު އުސޫލުގައި ބަޔާންކޮށްފަައިވަނީ 1 ޖަނަަވަރީ 2024 ވަނަ އަހަރުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މީޑިޔާތައް ފައިސާ ލިބުމަށް ޝަރުތު ފުރިހަމަވާނެ ކަމަށެވެ.

މާކްސްދިނުމުގައި ބަލާނެ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީޑިޔާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިޔާ ނުވަތަ މީޑީޔާ ހަައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަމާއި، ކޮންޓެންޓުގެ ބާވަތާއި، މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކެވެ.

މީޑިޔާގެ މުއްދަތަށް 10 މާކްސް، މުވައްޒަފުންގެ އަދަދަށް 15 މާކްސް، މީޑިޔާ ކުރިއެރުވުމަށް ހުށަހަޅާ ކަންކަމަށާއި، ކޮންޓެންޓާއި ބާވަތް އަދި މާކްސް ކަނޑައަޅާފައިވާ ގޮތަށް 30 މާކްސް އަދި މުވައްޒަފުންގެ ތައުލީމީ ފެންވރާއި ތަޖުރިބާއަށް ބަލައި 10 މާކްސް ލިބޭ ގޮތަށް އޮތެވެ. އަދި އިދާރީ އިންތިޒާމުތަކަށް 20 މާކްސް ކަނޑައަޅާފައިވެއެވެ.

އުސޫލާއެކު މި ގިންތިތަކުން މާކްސްދިނުމުގައި ގެންގުޅޭނެ މިންގަނޑު ޖަދުވަލުގައި ހިމަނާފައިވެއެވެ. އެ ޖަދުވަލުން ކޮންމެ މިންގަނޑަކުން މާކްސް ލިބޭނެ ގޮތް އެނގެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު