Friday, November 13
ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވި އަލިފާން ނިއްވާލައިފި

ވ. އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އިއްޔެ 17:55 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ދުވަހު 18:09 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި އެ ސަރަހައްދަށް ދިއުމަށްް ދަތުރު ފަށާފައި ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އެ ސަރަހަށްދަށްގޮސް ކުރި މަސައްކަތުން މިހާރުވަނީ އަލިފާން އެއްކޮށް ނިއްވާލާފައި ކަމަށާއި، އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިރޭ 19:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ސަފާރީގައި ދަރުތުކުރި 25 ފަޅުވެރިންނާއި 19 ފަތުރުވެރިން ރައްކާތެރިކަމާއެކު އެހެން ދޯނިތަކަށް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު