Friday, October 30
އެސްއެމްއީ ހަބްތައް ކުއްޔަށް ދީފައިހުރީ ވަރަށް ބޮޑަށް ގެއްލުންވާގޮތަށް: އިކޮނޮމިކް މިނިސްޓަރ

އެސްއެމްއީ ހަބްގައި ކުރިއަށް ގެނދިޔަ ވިޔަފާރިވެރިންނަށް އެތަންކުއްޔަށް ދީފައިވަނީ ވަރަށް ގެއްލުންވާ ގޮތަކަށް ކަމަށާއި އެހެން ނަމަވެސް އެފަރާތްތަކަށް ދެރަގޮތެއް ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެތަން ބަންދުކުރުމާއި ހަމައަށް އެތަނުގައި ކުރިއަށް ދިޔައީ ހަތަރު ވަރަކަށް ވިޔަފާރި ކަމަށެވެ.

އެހެން ނަމަވެސް އެފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ހެއްކެއްގެ ގޮތުން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގައި  ރަޖިސްޓްރީވެފައިވާ އެތައް ފަރާތްތަކަށް އެމީހުންގެ ތަކެތި އަލީބާބާގައި ވިއްކުމުގެ ފުރުޞަތު ސަރުކާރުން ހޯދައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު