Saturday, October 31
ވިލިމާލޭގެ ހޮސްޕިޓަލް: ޗައިނާގެ ފަންނީ ޓީމް ޕްރޮޖެކްޓު ސައިޓަށް ޒިޔާރަތްކޮށްފި

ވިލިމާލެ ހޮސްޕިޓަލް ޕްރޮޖެކްޓުގެ ޑިޒައިން މަރުހަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާރ އަދި ޗައިނާގެ އެމްބަސީގެ އިތުރުން ޕްރޮޖެކްޓާއި ހަވާލުވެފައިވާ ކުންފުނީގެ ޓެކްނިކަލް ޓީމު ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަން މެދުވެރިކޮށް ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ މި ހޮސްޕިޓަލްގެ މަސައްކަތްތައް ހަވާލުވެފައިވަނީ ޗައިނާގެ ނޯތް އީސްޓް އާކްޓިޓެކްޗަރަލް ޑިޒައިން އެންޑް ރީސާޗް އިންސްޓިޓިއުޓް ލިމިޓެޑާއެވެ. އެ އިންޓިޓިއުޓްގެ ފަރާތުން މި މަހުގެ 18 ވަނަ ދުވަހުގައި ރާއްޖެއަށް ޕްރޮޖެކްޓު މެނޭޖުމެންޓު ކޮންސަލްޓަން ޓީމެއް އައިސްފައިވާއިރު ރާއްޖޭގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތިބުމަށް ކަނޑައެޅިފައިވެއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި އެ ޓީމުގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ޖިއޮލޮޖިކަލް ދިރާސާތައް ކުރިއަށް ގެންދިއުމާއި މަސްލަހަތު ހިމެނޭ ފަރާތްތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުން އަދި ޑިޒައިން ފޭޒްގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްްޓްރަކްޗާރގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުޙައްމަދު ޗައިނާގެ ޓީމާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދަވާފައިވެއެވެ. މި ބައްދަލުވުމުގައި ޗައިނާގެ އެމްބަސީގެ ފަރާތުން ކައުންސިލަރު ޒޭންގް ޒޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ނިންމާލުމަށްފަހު ޗައިނާގެ ފަރާތުން ޕްރޮޖެކްޓާއި ހަވާލުވެފައިވާ ޓީމާއި މިނިސްޓްރީގެ ފަންނީ ބޭފުޅުންވަނީ މަޝްޜޫޢު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ސައިޓަށް ޒިޔާރަތްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު