Friday, November 13
އިންޑިއާގައި ލޮރީއެއް ބަހެއްގައި ޖެހި ހިނގި ހާދިސާގައި ނުވަ މީހުން މަރުވެއްޖެ

އިންޑިއާގެ ކަރްނާޓަކާގެ ޗިތުރަދުރްގާ އަވަށުގައި ބާރަށް ދުއްވާފައި ދިޔަ ލޮރީއެއް ސްލީޕަރ ބަހެއްގައި ޖެހި، ބަހުގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ނުވަ މީހުން މަރުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު ނޭޝަނަލް ހައިވޭ 48 ގެ ގޯލައްޓޫ ކްރޮސްގައި، ދުއްވާފައި ދިޔަ ލޮރީއެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ޑިވައިޑާ މަތިން އަނެއް ލޭނުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހުމުގެ ސަބަބުންނެވެ. މިގޮތުން ބަހާއި ލޮރީ ޖެހުނު ބާރުމިނުގެ ސަބަބުން އަލިފާން ރޯވީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނުވަ ފަސިންޖަރުން ގެއްލިފައިވާ ކަމަށާއި، އެމީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު ކަށަވަރު ކުރެވޭނީ އަނދާފައިވާ މީހުންގެ ހަށިގަނޑުތައް ބަހުން ނެގުމުން ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ލޮރީ ދުއްވަން އިން ޑްރައިވަރުވެސް ވަނީ މަރުވެފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ސީ ބާޑް ޓްރެވަލްސްގެ ސްލީޕަރ ބަހުގައި 32 ފަސިންޖަރުން ތިބިއިރު، 12 މީހަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން ނުވަ މީހުންގެ ހާލު ސީރިއަސްވެ، ޓުމަކުރު ސިޓީގެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވެއެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ޖުމުލަ އަދަދު 21 އަށް އަރައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު