Friday, November 13
މާކުރަތުގައި ހަކައިގެ ޔަޤީންކަން އިތުރުކުރުމަށް ހައިބްރިޑް ކަރަންޓު ނިޒާމެއް ބަހައްޓަނީ

ރ. މާކުރަތުގައި، ކަރަންޓުގެ ޔަޤީންކަން އިތުރުކޮށް، ގްރިޑްގެ ހަމަޖެހުން ކަށަވަރުކޮށް، އަދި ޑީޒަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަޤްޞަދުގައި، 176 ކިލޯވޮޓްޕީގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ކެޕޭސިޓީއާއި 172 ކިލޯވޮޓް އަވަރުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ހިމެނޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމްކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި ނިޒާމު ޤާއިމްކުރުމާއެކު، މާކުރަތުގެ ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި، ކޮންމެ އަހަރަކު 82,594 ލީޓަރުގެ ޑީޒަލް ތެޔޮ ސަލާމަތް ކުރެވި، އަހަރަކު 202 ޓަނުގެ ދުމުގެ ބޭރުވުން ކުޑަކުރެވޭނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މާކުރަތުގައި ބެސް އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު