Friday, November 13
ނައިބު ރައީސް، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފި

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

‏‎މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު ސީދާ ދެ ލަނޑުން ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.

‏‎މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަންޓީމަށާއި މުބާރާތުގައި ފާހަގަކޮށްލެވޭ އެކި ކާމިޔާބީތައް ހާސިލްކުރި ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޯފީ ހަވާލުކޮށްދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު