އާދިއްތަ, November 1
މޮރިޝަސްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި
ރާއްޖެއިން މޮރިޝަސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްޢޫދު އިމާދު ސަފީރު ކަމުގެ ފަތްކޮޅު އެޤައުމުގެ ރައީސް ދަރަމްބީރު ގޮޚޫލްއަށް އަރުވައިފިއެވެ. ރާއްޖޭގެ މޮރިޝަސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ޤައުމުގެ ރިޔާސީ ޕޯޓް ލުއިސްގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން މޮރިޝަސް ކަނޑައެޅާފައި ހުންނަވާ ސަފީރު ވަނީ ސަފީރު ކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސަށް އަރުވާފައެވެ. މިރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު މަސްޢޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާރާތްޕުޅުން އެ ޤައުމުގެ ރައީސް އަދި ރައްޔިތުންނަށް ތަހުނިއްޔާ އަރިސް ކުރައްވާފައެވެ. މި ބައްދަލުވުމުގައި މޮރީޝަސްގެ ރައީސް ވަނީ ސަފީރަށް މަރުހަބާ ދަންނަވާ، ސަފީރު ކަމުގެ ދައުރުގައި ކަމީޔާބީއަށް އެދިލައްވާފައެވެ. ރާއްޖެއިން މޮރިޝަސްއަށް ކަނޑައެޅުއްވި ސަފީރަކީ، މިވަގުތު ލަންކާއަށްވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސަފީރު މަސްޢޫދު ހުންނަވަނީ ލަންކާ ހައިކޮމިޝަނުގައެވެ. އަދި މޮރީޝަސް ސަފީރުކަން އަދާކުރައްވާނީ އެތަނުގައި ހުންނަވައިގެން ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު