Saturday, October 31
ފ އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފި
ފ. އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ. މި މެޑީކަލް ކޭމްޕަކީ ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ކޭމްޕްގައި ރަށުގައި ތިބެގެން ޚާއްޞަ ބަލިތަކާއި ގުޅޭ ޑޮކްޓަރުންނަށް ދެއްކޭނެ މަގުފަހިވާނެއެވެ.   މި ކޭމްޕްގައި ހިތުގެ ބަލި، ހަމުގެ ބަލި، ނަފްސާނި އަދި ބައެއް ކަހަލަ ސަރޖަރީއާއި ގުޅޭ ޚާއްޞަ ޑޮކްޓަރުން ބަލާނެއެވެ. އިއްޔެ ފެށި މި ކޭމްޕް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު