Saturday, October 31
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ތާޖް ކޮރަލް ރީފް އާއެކު އެއްބަސްވެއްޖެ
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ފަހިކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާއާ ދެމެދު މުހުންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިޖުތިމާޢީ ވުޒާރާއިން ބުނާ ގޮތުގައި މި ފަހުމުނާމާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. އެ ވުޒާރާއިން ބުނީ މި ފަހުމުނާމާއަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު