Saturday, October 31
ފޭސް 2ގެ "މަސްޖިދުލްއީމާން" ހުކުރު ދުވަހު ހުޅުވަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ތައްޔާރީތައް ވަމުންދާ ކަމުގައި އިސްލާމީ ކަންތައްތަކާ. ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު