Saturday, October 31
މާފަރު އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަން އަށް އިތުރުކުރި ބައި ހުޅުވައި، ޓަރމިނަލަށް އިތުރުކުރާ ދެ ފަންގިފިލާގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް އިން ހާމަކުރާ ގޮތުގައި އެއަރޕޯޓުގެ އޭޕްރަން އަށް އިތުރުކުރި ސަރަހައްދާއެކު، މިހާރު މާފަރު އެއަރޕޯޓުގައި އެއް ފަހަރާ 35 މަތިންދާބޯޓު ޕާކުކުރެވޭނެއެވެ. މީގެ އިތުރުން މިއަދު ބިންގާ އެޅުނު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކްސްޓެންޝަން އިމާރާތުގައި 12،000 އަކަފޫޓު ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ. ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އެއާޕޯޓަކީ، އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު