Saturday, October 31
1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަދައިފި

ސަރުކާރުން މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް މިހާރު ސަރުކާރުން ހުޅުވާލާފައިވާ ހައުސިންގ ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެކުރީގެ ހައުސިންގ ސްކީމަކުން، 1 ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގަ ކަންބޮޑުވުމަކަށްވުމުން އެކަން ސަރުކާރުން މިހާރު ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި" ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ މީގެ ކުރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން މިހާރު ސަރުކާރުން ހުޅުވާލާފައިވާ ސްކީމަށް މީގެ ކުރިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ކުރިމަތިނުލެވޭތީ އެކަންވީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމަކަށެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ފުރަތަމަސްކީމްގެ ދަށުންވަނީ މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށްވަނީހުޅުވާލާފައެވެ. މި ސްކީމްގައި ހިމަނައިގެން 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށްވަނީނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު