Friday, November 13
ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދޭން ކޮމިޝަނެއް އެކުލަވާލައިފި

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ކީވްއަށް ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދިނުމަށް ބައިނަލްއަްްވާމީ ކޮމިޝަނެއް އުފެއްދުމަށް އޫރަޕްގެ އިސް އޮފިޝަލުން އެއްބަސްވެއްޖެއެވެ.

އަންގާރަ ދުވަހު ދަ ހާގްގައި ބޭއްވި ކޮންފަރެންސްގައި 35 ޤައުމަކުން ސޮއިކުރި މުއާހަދާއިން އުފައްދާފައިވާ އިންޓަރނޭޝަނަލް ކްލެއިމްސް ކޮމިޝަން ފޮރ ޔޫކްރެއިންގެ ޒިންމާއަކީ ބަދަލު ހޯދަން ހުށަހަޅާ މައްސަލަތައް ބަލައި، ބަދަލުދޭންޖެހޭ ކަންކަން ބަލައި، ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައެޅުމެވެ.

ނެދަލޭންޑްސްގެ ބޮޑުވަޒީރު ޑިކް ޘޫފް އަދި ޔޫރަޕިްގެ އިއްތިހާދުގެ ފޮރިން ޕޮލިސީ ޗީފް، ކާޖާ ކަލާސް ފަދަ ލީޑަރުންނާއެކު ސަމިޓުގައި ބައިވެރިވެވަޑައިގެން ޔޫކްރެއިންގެ ރައީސް، ވޮލޮޑީމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ކުރާ ކުށްތަކަށް ބަދަލުދިނުމަކީ ސުލްހައިގެ ޙަޤީޤީ ރާސްތާ ފެށޭ ހިސާބު ކަމަށެވެ.

މި ހަނގުރާމައާއި އެކަމުގެ ޒިންމާ ރަޝިޔާއިން އުފުލުން ވާންޖެހޭނީ މިފަދަ ޢަމަލުތައް އިޚްތިޔާރު ނުކުރުމަށް އެހެން މީހުންނަށް ލިބޭ މިސާލަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި ގަވާއިދުތަކެއް ހުރިކަން ރަޝިޔާއަށް ޤަބޫލުކޮށްދޭން ޖެހޭ ކަމަށެވެ.

މި ކޮމިޝަން އެކުލަވާލާފައި މިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އިސްވެ ސިޔާސީ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވިދާޅުވީ ޔޫކްރެއިން، ފްރާންސް، ޖަރުމަނުވިލާތުގެ އިތުރުން އިނގިރޭސިވިލާތާއި ނާޓޯގެ ލީޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެއްބަސްވުމަކާ ހަމައަށް އާދެވުން ވަރަށް ގާތްވެފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު