އާދިއްތަ, November 1
ރަސްމާދޫގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ

ރ. ރަސްމާދޫގައި، 300 ކިލޯވޮޓްޕީގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ކެޕޭސިޓީއާއި، 537 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަމުންދާ ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި ނިޒާމް އަމަލީގޮތުން ގާއިމްކުރަން ފެށުމުން، އަހަރަކު 140,927 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު 345 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު ކުޑަކުރެވި، ރަސްމާދޫގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ރަސްމާދޫގައި ބެސް އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު