ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު އަންގައިފިއެވެ.
ޕީ.ސީ.ބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ނިންމާފައިވަނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާއިން ކަމަށެވެ.
އެގޮތުން ބޯޑުން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ތެރޭގައި:
- · ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި “Independent” ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށާއި، އެ ގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުން.
- · އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި، އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށާއި، އަދި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައިވެސް، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް އެންގުން
- · ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގައި މި ބޯޑާއި ހިއްސާ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ރިޕޯޓް، މި ބޯޑުގެ އިތުރުން ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް
- · ހިއްސާކުރާގޮތަށް ގައިޑްލައިން އިސްލާހުކޮށްފައިވާތީ، މި ބަދަލާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓަރނަލް އޮޑިޓަށް، ޕްރިކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގުން.
- · ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާއި ގުޅޭ ލިޔެކިޔެންތައް، މި ބޯޑަށް ހިއްސާކުރާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް އެންގުން.
- · މި ބޯޑުން ހިއްސާކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީ'ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާއި، އެ ގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލުގެނައުމަށް އެންގުން. (ބޮޑެތި ކުންފުނިތަކުގެ ބޯޑުގައި ރިސްކާއި ގުޅޭ ވަކި ކޮމިޓީއެއް، ހިއްސާދާރުގެ ހުއްދައާއި އެކު އެކުލަވާލެވިދާނެއެވެ.
- · ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެ ގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާއި ބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާރނަލް އޮޑިޓުން ހުށަހަޅައި، އިސްލާހުކުރަންޖެހޭ ކަންތައްތައްތަކާއި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް އެންގުން ހިމެނެއެވެ.
ސަރކިއުލަރ: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާރނަލް އޮޑިޓް އަދި ރިސްކު މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމާ ގުޅޭ.
އިތުރު މަޢުލޫމާތު: https://t.co/b7zDGEwonW pic.twitter.com/XGRAVMWbXo
— Privatization & Corporatization Board (@pcb_gov) December 16, 2025
މި މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި، އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށްވެސް ވަނީ އަންގާފައެވެ.
ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓަރނަލް އޮޑިޓަށް، ޕްރިކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގާފައިވެއެވެ. އަދި ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާއި ގުޅޭ ލިޔެކިޔެންތައް، ހިއްސާކުރާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ވަނީ، އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2026ގެ ކުރިން ނިންމުމަށް އަންގާފައެވެ.





