Friday, November 13
ދިއްލީގެ ވައި ނުސާފުވެ، 200 އަށްވުރެ ގިނަ ފްލައިޓު ކެންސަލް

އިންޑިއާގެ ވެރިރަށް ދިއްލީގައި އިންތިހާއަށް ވައި ނުސާފުވުމުގެ ސަބަބުން 200 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެއްޖެއެވެ.

ޖެހިޖެހިގެން ތިންވަނަ ދުވަހު ދިއްލީގެ ވައި އިންތިހާއަށް ނުސާފުވުމާ ގުޅިގެން ދިއްލީގެ ސަރުކާރުން ވަނީ ގްރޭޑް 5 އާ ހަމައަށް ސްކޫލްތަކުގެ ކިޔަވައިދިނުން އޮންލައިން މޯޑަށް ބަދަލުކޮށްފައެވެ.

ދިއްލީގައި ޤާއިމްކޮށްފައިވާ ހަތަރު އެއާ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަނަކުން ވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) 500 އަށް މިއަދު އެރި ކަމަށް ރިކޯޑުކޮށްފައެވެ.

ވައި ނުސާފުވުމާ ގުޅިގެން އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓުން މިއަދު ފުރަން ތާވަލްކޮށްފައި އޮތް 228 ފްލައިޓެއް ކެންސަލްވެ، 400 އަށްވުރެ ގިނަ ފްލައިޓް ވަނީ ޑިލޭވެފައެވެ. މީގެ އިތުރުން ދިއްލީއަށް ދަތުރުކުރަމުން އައި ފަސް ފްލައިޓެއް ވަނީ ޑައިވާޓްވެސް ކޮށްފައެވެ.

މީގެ އިތުރުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ދިއްލީގައި ކުރިއަށްދާ އޭނާގެ "ޖީ.އޯ.އޭ.ޓީ ޓުއަރ"ގެ ފައިނަލް ލެގަށް އައުންވެސް ލަސްވީ މުމްބާއީން ފްލައިޓް ފުރުން ލަސްވުމާ ގުޅިގެންނެވެ. މިހެންކަމުން މިއަދު ހެނދުނު 11 ގެ ކުރިން ދިއްލީގައި ލޭންޑްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މެސީއަށް ދިއްލީގައި ލޭންޑްކުރެވުނީ މެންދުރުފަހު 2 ޖެހި ފަހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު