Saturday, October 31
މަރާމާތަށް މިރޭ ސިނަމާލެ ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރަނީ
މަރާމާތަށް މިރޭ ސިނަމާލެ ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ 11:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖުގެ އުތުރު ފަރާތު ލޭނު (މާލެއިން ހުޅުމާލެއަށް ދާ ލޭން) ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އުތުރު ފަރާތު ލޭން ބަންދުކުރުމާއެކު، ދެކުނު ފަރާތު ލޭނުން ދެކޮޅަށް ދުއްވޭ ގޮތަށް ޓްރެފިކަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު