ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
އެގޮތުން ސަރުކާރުގެ އެންމެހައި ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖުތިމާޢީ އަދި ޢާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް، ޤައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް ހިމެނެއެވެ. މި އިދާރާތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރައްވާ ނަންބަރު:2025/19 ދެންނެވުމުގައެވެ.
މިއާއިއެކު، މިތަންތަނަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގްވާފައެވެ.





