Monday, October 12
ވަޒީރު ޑރ. ޚަލީލް ސަޢޫދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް، ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެމަނިކުފާނު ސަޢޫދީއަށް ވަޑައިގެންނެވީ އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ދަތުރުފުޅު ނިންމަވާލައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މެންބަރު ޤައުމުތަކާ މަޝްވަރާކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.


މީގެ އިތުރުން ވަޒީރު ވަނީ އެންމެން ޝާމިލްވާ، ސުލްހަވެރި އަދި ވިލުންތެރި ދުނިޔެއެއް ކުރިއަރުވައި ރައްކާތެރިކުރުމަށް ބޭނުންވާ ބައިނަލްއަޤްވާމީ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.

އަދި ކުރިއަށްދާއިރު، ދުނިޔޭގެ މުއައްސަސާތަކަކީ އެންމެންގެވެސް އަޑުއަހާ، ތަފާތުތަކަށް އިޙްތިރާމްކުރާ އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކަށް ތާއީދުކޮށް ޖާގަދޭ ތަންތަންކަމުގައި ކަށަވަރުކުރުމަށް މަސައްކަތް ކުރުމަށްވެސް ވަޒީރު ގޮވާލައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު