Friday, November 13
ސްރީލަންކާ އަލުން އާރާސްތުކުރުމަށް ދާނެ ޚަރަދު 11 މިލިއަން ޑޮލަރަށްވުރެ ބޮޑު: ފިނޭންސް ސެކްރެޓަރީ

ސައިކްލޯން ދިތުވާގެ އަސަރުކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމުކުރި "ރީބިލްޑިންގ ސްރީލަންކާ" ފަންޑަށް މިހާތަނަށް 3,421 މިލިއަން ރުޕީސް އަށްވުރެ ގިނައިން ލިބިފައިވާކަމަށް، ފިނޭންސް، ޕްލޭނިންގ އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހަރްޝަނާ ސޫރިޔައްޕެރޫމާ ވިދާޅުވެއްޖެއެވެ.

އެ ފަންޑަށް ސްރީލަންކާގެ ވިޔަފާރިވެރިންނާއި، ޤައުމުން ބޭރުގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުންނާއި، ބޭރުގެ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

އެގޮތުން، މިހާތަނަށް ލިބިފައިވާ ޖުމްލަ އަދަދު 3.4 ބިލިއަން ރުޕީސްއަށް އަރާ ކަމަށާއި، އެއީ 11 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރު ފައިސާއިން ލިބިފައިވާ އެހީގެ އަދަދު 4.1 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ފިނޭންސް ސެކްރެޓަރީ އިތުރަށް ފާހަގަކުރެއްވިއެވެ.

ފިނޭންސް ސެކްރެޓަރީ އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، 40 ޤައުމަކުން މާލީ އެހީތެރިކަން ލިބިފައިވާ ކަމަށާއި، އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ އެމެރިކާ އިން ކަމަށެވެ.

"އޮސްޓްރޭލިއާގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުންގެ ފަރާތުންނާއި، އިނގިރޭސިވިލާތް، ޖަރުމަނު، އިޓަލީ، ދިވެހިރާއްޖެ، ސަޢުދީ އަރަބިއްޔާ، ފްރާންސް، ދެކުނު ކޮރެއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ޤައުމުތަކުންވެސް ގިނަ އަދަދެއްގެ އެހީތަކެއް ލިބިފައިވޭ. ސްރީލަންކާގެ ބައެއް ވިޔަފާރި މުއައްސަސާތަކުން ކޮންމެ މުއައްސަސާއަކުން 100 މިލިއަން ރުޕީސްއަށްވުރެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ފަރާތުން 20 މިލިއަން ރުޕީސްއާއި 100 މިލިއަން ރުޕީސްއާ ދެމެދުގެ ހަތަރު އެހީއެއްވެސް ލިބިފައިވޭ"، އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު