އެފް.އޭ ކަޕް 2025/2026 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ ޑިސެންބަރު 23 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ކަމަށެވެ.
އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތަފްޞީލް ލިބުމުން، އިތުރު މަޢުލޫމާތު ޓީމްތަކާ ހިއްސާކުރެވޭނެ ކަމަށްވެސް އެފްއޭއެމް އިން ބުންޏެވެ.
އެފްއޭ ކަޕް 2025/2026 ފެށުމަށް ހަމަޖެހިފައިވަނީ 7 ޖަނަވަރީ 2026 ގައެވެ.





