Saturday, October 31
ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާނަމަ ރިޕޯޓުކުރެވޭ ގޮތް ހަދައިފި

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފިއެވެ.

މިކަން ހާމަކޮށް ކަރެކްޝަނުން ވިދާޅުވީ އެ ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން އާންމު ފަރާތްތަކަށް ފޯނު ކޯލު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަރެކްޝަނަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރެވޭ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާ އަދި އަޅަންޖެހޭ ފިޔަވަޅުތައް ކަރެކްޝަނުން އަޅާނެ ކަމުގެ ޔަގީންކަން އެ ސަރވިސް އިން ދެއްވައެވެ.

އެހެންކަމުން އާންމު ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ފައިސާގެ މުޢާމަލާތްތަކާއި ގުޅިގެން ނުވަތަ އެހެނިހެން ކަމަކާ ގުޅޭގޮތުން ކުރާ ފޯން ކޯލަކީ ކަރެކްޝަންގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން ކުރާ ފޯން ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ https://one.gov.mv/entitties/MCS ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރުމަށް ކަރެކްޝަނުން ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު