Monday, November 2
ދުވާފަރުގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ޖެހުމުގެ މަޝްރޫޢެއް ފަށައިފި
ރ. ދުވާފަރުފައި "އިރުން ހަކަތަ"ގެ ނަމުގައި އިޔާދަކުރަވި ހަކަތައިގެ މުހިންމު މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢު ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެއެވެ. މި މަޝްރޫއު ފެށުމަށްޓަކާ އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. "އިރުން ހަކަތަ" މި މަޝްރޫޢު ފަށްޓައިވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ އެމްޑަބްލިއުއެސްއީއިންއެވެ. މި މަޝްރޫއަކީ ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެވެ. މި މަސައްކަތާއެކު ދުވާފަރުގެ ގޭބީސީތަކަށް ހިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިވާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު މަދުކުރުމާއި ޖައްވަށް ބޭރުކުރާ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެއެވެ. މި މަޝްރޫއު އިފްތިތާހުކުރުމާއެކު ދުވާފަރުގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ޖެހުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް އެދި ހުށައަޅާ "އިރުން ހަކަތަ" ޕޯޓަލްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު