Saturday, October 31
ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ސަޢޫދީގެ އަލް-ސަފްވާ ފައުންޑޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ސަޢޫދީ ޢަރަބިއްޔާ އަލް-ސަފްވާ ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި މި ފަހުމުނާމާގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި އަލް-ސަފްވާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ މުޙައްމަދު އަލް-ޙަޖޫރީއެވެ.

އިސްލާމީ ވުޒާރާއިން ހާމަކުރި ގޮތުގައި މިއީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

އަލް-ސަފްވާ ފައުންޑޭޝަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު