Friday, November 13
މޯލްޑިވިއަނުން ޢުމްރާއަށް ޚާއްޞަ ފެއަރތަކެއް

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން މި ޑިސެންބަރު މަހު ޢުމްރާއަށް ދާ ފަރާތްތަކަށް ޚާއްޞަ ފެއާއެއް ތަޢާރަފްކޮށްފިއެވެ.

މިގޮތުން މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މާލެއިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް 45 ކިލޯގެ ބެގެޖު އެލަވަންސާއެކު ދެކޮޅު ޓިކެޓު 750 އެމެރިކާ ޑޮލަރަށް ލިބޭނެއެވެ.

މޯލްޑިވިއަނުން ވަނީ މި ފެއާގައި ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ސީޓުތައް ލިމިޓުކުރެވިފައިވާތީ، ވީ އެންމެ އަވަހަކަށް ބުކިންގ ހެދުމަށް އެދިފައެވެ. މިގޮތުން cc@iasl.aero އަށް އީމެއިލްކޮށްގެން ނުވަތަ 1671 އަށް ގުޅައިގެން ނުވަތަ ވަޓްސްއެޕް ކޮށްގެން ޓިކެޓު ނެގޭނެއެވެ.

މި ޚާއްޞަ ފެއަރގައި މޯލްޑިވިއަނުން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 27 ވަނަ ދުވަހު އެއް ދަތުރު އަދި ޑިސެންބަރު 28 ވަނަ ދުވަހު ދެ ދަތުރެވެ.

މީގެ އިތުރުން ޖިއްދާއިން މާލެ އައުމަށް މޯލްޑިވިއަންގެ ދަތުރުތައް ތާވަލުކުރެވިފައިވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު