Friday, November 13
މޫސުން ގޯސްވެ، ލ. އަތޮޅުން އައްޑޫއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 21:00 އިން މެންދަމު 03:00 އާ ހަމައަށް، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.

ޑިސެންބަރު 11 ވަނަ ދުވަހުގެ 10:00 އިން ޑިސެންބަރު 12 ވަނަ ދުވަހުގެ 10:00 އާ ހަމައަށް މެޓް އޮފީހުން ރާއްޖޭގެ މޫސުން ލަފާކޮށްފއިވާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކޮށް ވައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މީގެ އިތުރުން އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު