މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ޖަޕާނާއެކު އޮންނަ އިޤްތިޞާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން ފުޅާކުރުމުގެ އިތުރުން އަދި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް އެހީތެރިވެދޭނެ ގުޅުންތަކަށް މަގުފަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޚްލޫފް ޢައްޔަންކުރެއްވީ ޑިސެންބަރު 4 ވަނަ ދުވަހުއެވެ.މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު @MoosaZameer ވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު @AhmedMahloof އާއި ބައްދަލުކުރައްވާފައި.
މި ބައްދަލުކުރެއްވުމުގައި، ވަޒީރު ވަނީ އަހުމަދު މަހްލޫފްއަށް މަރުހަބާވިދާޅުވެފައި. މީގެ އިތުރުން،… pic.twitter.com/XCEOE73oi1 — Ministry of Finance and Planning (@MoFmv) December 11, 2025

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު މަޚްލޫފާ ބައްދަލުކުރައްވައިފިއެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި، ވަޒީރު ވަނީ ސަފީރުކަމަށް ޢައްޔަންކުރެއްވުމާ ގުޅިގެން މަޚްލޫފްއަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން





