Saturday, October 31
ބީއެމްއެލްއިން ވިސާ އިންފިނިޓް ކާޑު ރާއްޖެ އަށް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެ އަށް މިއަދު ތައާރަފު ކޮށްފި އެވެ.

ވިސާ ކްރެޑިޓުގެ އެންމެ މަތީ ފެންވަރުގެ ކާޑު ތައާރަފުކުރީ ބީއެމްއެލް އާއި ވިސާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް 22 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި ކާޑު އިފުތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ވިސާ އިންފިނިޓް ކާޑު ލިބޭނީ ބީއެމްއެލް އިން ބުނި ގޮތުގައި މަހެއްގެ މައްޗަށް މަދުވެގެން 127،000ރ. ގެ އާމްދަނީއެއް ލިބޭ ކަސްޓަމަރުންނަށެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ފަރާތުން މެޓަލް ކާޑެއް ތައާރަފު ކުރުމާ ގުޅިގެން، އެ ބޭންކުން ބުނީ، އެއީ ރާއްޖެ އަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.

ވިސާ އިންފިނިޓް ކާޑުން ގިނަ ޕްރިވިލެޖްތަކަކާއި ބެނެފިޓްތަކެއް ލިބޭނެ އެވެ. އެގޮތުން ވިސާ އިންފިނިޓް ކާޑު ގެންގުޅޭ މީހުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ފަސޭހަ އަދި ފުރިހަމަ ހިދުމަތްތައް ލިބޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު