Saturday, October 31
ވެމްކޯގެ "ހޮބާ" ޚިދުމަތް ހޯދުމާ ގުޅޭގޮތުން ފުލުހުންނާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވެމްކޯގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާއިފްއެވެ.

މި އެއްބަސްވުމަކީ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އެކުންފުނިން ތައާރަފްކޮށްފައިވާ "ހޮބާ" ޚިދުމަތް ހޯދުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

ހޮބާ ޚިދުމަތަކީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގައި ދަށުގައިވާ އެހެނިހެން ތަންތަނަށް އަމާޒުކޮށްގެން ވެމްކޯއިން ދޭ އިމާރާތް ފޮޅާ ސާފުކުރުމުގެ ޚިދުމަތެވެ. މި ޚިދުމަތް އެ ކުންފުނިން ފެށީ 27 ޖުލައި 2024 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު