Friday, November 13
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ޤާނޫނުލްޢުޤޫބާތް އިޞްލާޙުކުރަނީ
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ޤާނޫނުލްޢުޤޫބާތް އިޞްލާޙުކުރަން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ޖުވާ ކުޅުމާއި، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް، މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގައި ދީނީ ވަޙުދަތު އިތުރުކޮށް، އިސްލާމީ ގިޔަމުތައް ނަގަހައްޓަވައި ތަންފީޒުކުރެއްވުމަކީ މި ސަރުކާރުގެ އަހުމިއްޔަތެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު