Saturday, October 31
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބް (ޝަކިއްބެ) މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަކީބް ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކުރީ ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާ ދެއްވުމާގުޅިގެންނެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމް މީގެ ކުރިން  ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދު އަދި ނަސްރީން އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު