Friday, November 13
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ލ. ކައްދޫއާއި އދ. މާމިގިލީގައި

ލ. ކައްދޫއާއި އދ. މާމިގިލީގައި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޑިސެންބަރު 10 އިން 23  އަށް، އދ. މާމިގިލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުންވާގޮތަށް މިތަކެތި ބޭނުމެއް ނުކުރާނެ ކަމަށް ދިފާޢީ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން 2025 ޑިސެންބަރު 09 އިން 11 އަށް، ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، ލ. ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދިފާޢީ ވުޒާރާއިން އިޢުލާންކޮށްފައިވެއެވެ.

އެ ވުޒާރާއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން އަދި ފްލޭއަރސް ދަތުރުކުރާނީ ލ. ކައްދޫ ފަޔަރިން ރޭންޖް އިން 5000 މީޓަރ ދުރުމިނަށް ކަމަށާއި، ވަޒަން، ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު