Saturday, October 31
55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢު ޖޫންގެ ނިޔަލަށް ނިންމާލެވޭނެ: އާދަމް ޝަރީފް
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކައުންސިލް އިދާރާތައް އިމާރާތް ކުރުމަށް ހިންގާ މަޝްރޫޢޫ (55 ކައުންސިލް މަޝްރޫޢު) ގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ޖޫންގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމައި ކައުންސިލްތަކަށް ތަޅުދަނޑި ހަވާލު ކުރެވޭނެ ކަމަށެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން އެއް އަހަރުގެ ތެރޭގައި 55 ކައުންސިލް ނިންމާނެ ކަމަށާއި، މި މަޝްރޫޢުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު