Friday, November 13
ޕޯސްޓް އޮފީހުގެ ބޯޑަށް މެންބަރަކު ޢައްޔަންކޮށްފި
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކު ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ގއ.ދެއްވަދޫ، ނަސްރީނުވިލާ، ޝަހީދު އިބްރާހީމެވެ. ޝަހީދާއެކު ޕޯސްޓް އޮފީހުގެ ބޯޑުގައި މިހާރު ޖުމުލަ ފަސް ޑިރެކްޓަރުން ތިއްބަވައެވެ. އެއީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤާއި ތިން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ މަޙުމޫދު ރަމީޒު ޢަބްދުއްރަޙްމާނާއި، ޙައްވާ ސަފްނާ އަދި ޢަބްދުالله ޢާދިލެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު