Friday, November 13
މަޑުއްވަރީގައި 400 ކިލޯވޮޓް-ޕީކްގެ ސޯލާ ހައިބްރިޑް ނިޒާމެއް ޤާއިމުކުކުރަނީ

ރ. މަޑުއްވަރީގައި 400 ކިލޯވޮޓް-ޕީ (kWp) ގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމެއް، 344 ކިލޯވޮޓް-އަވަރ (kWh) ގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އާއެކު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި ނިޒާމް މަސައްކަތްކުރަން ފެށުމުން، އަހަރަކު 187,902 ލީޓަރުގެ ޑީޒަލް ބޭނުންކުރުން ކުޑަކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ތިމާވެއްޓަށް ބޭރުވުން މަދުކުރެވޭނެކަމަށް ބެލެވޭ ކަމަށާއި، މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ބޭރުކުރާ މިންވަރު ކުޑަކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް، ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ހޯދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ހާސިލުވުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ރ. މަޑުއްވަރީގައި މި ނިޒާމް ޤާއިމުކުރުމުން، ރަށުގެ ކަރަންޓު ޚަރަދު ކުޑަވެ، ރައްޔިތުންނަށް ލިބޭ ހަކަތަ އިތުރަށް ހަމަޖެހޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު