Friday, November 13
އައްޑޫގައި ފުޅާދާއިރާގައި ޑްރަގް ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ އިސް ފަރާތްތައް ހައްޔަރުކޮށްފި
އައްޑޫގައި ފުޅާދާއިރާގައި ޑްރަގް ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ އިސް ފަރާތްތައް ހައްޔަރުކޮށްފިއެވެ

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި 2025 ޑިސެންބަރު 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މިގޮތުން މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަޙުޤީޤެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރިޗު މަހުން ފެށިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާއިރު، ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު