Saturday, October 31
ލ. ގަމު ފެނަކަ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ލ.ގަން ތުނޑި، އިންޖީނުގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 15:01 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 16:26 ހާއިރު ކަމަށާއި، އަލިފާން ނިއްވާލުމަށް ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުން ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު