Friday, November 13
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަނީ

ގދ.ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ޏ.ފުވައްމުލައް / ހޯދަޑު. ބޯގަންވިލާ،  ސާމީ ޢަބްދުލްޙަމީދު (35އ) އެވެ.

ފުލުހުން ވަނީ ސާމީ ޢަބްދުލްޙަމީދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7791755 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު