Friday, November 13
އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި ސަނީ އުމަރު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވިފައިވާ "ދް ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ، ޑރ. ޙުސައިން ސަނީ ޢުމަރު އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން އިއްޔެ ބުނީ ޑރ. ސަނީ ޢުމަރުގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށްޓަކައި އޭނާ ވަނީ މިއަދު ފުލުހަށް ހާޒިރުވެސް ކޮށްފައެވެ.

މީސްމީޑިއާގައި ދައުރުވި ޕޯސްޓުތަކުގައި ބުނެފައިވާ ގޮތުން ޑރ. ސަނީ ޢުމަރު ވަނީ އޭނާގެ އަނބިމީހާގެ ޢާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައެވެ. މިގޮތުން މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން ޢާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ސަނީ ޢުމަރު ފަށާފައިވާ ކަމަށާއި، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށްވެސް އަނިޔާ ލިބުނު ކުދިންގެ ޢާއިލާއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދަ ޓްރެވަލް ގައިސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަނީ ޢުމަރަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އޭނާ އެ ކުންފުނިން ވަކިކޮށް ހިއްސާތައް އަތުލަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވަލޫޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެންވެސް ހިންގަމުން އައީ ބައިނަލްއަޤްވާމީ މައި ޓީމަކާއެކު ކަމަށާއި، އެ މީޑިއާގެ ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތަކުގައި ސަނީގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު