Friday, November 13
ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު
ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފިއެވެ. މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލަރ ސަކްޝަން ޑްރެޖަރު ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ގެނެސް ބިން ހިއްކަން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލެއަކީ %100 ޒީރޯ ކާބަން، ސްމާޓް ސިޓީއެކެވެ. މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ޑްރެޖަރުތައް ގެނައުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ އޮކްޓޫބަރު މަހުގައެވެ. އޭގެ ތެރެއިން ދެ ޑްރެޖަރު ގެނެސް މަސައްކަތް ކުރަމުން ގޮސްފައިވާއިރު، މިއަދު މަސައްކަތް ފަށާފައި މިވަނީ ތިންވަނަ ޑްރެޖަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު