Friday, November 13
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ފެނަކައިން 100،000ރ. ހަދިޔާކޮށްފި
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށްޓަކައި، ޕީއެސްއެމުން އިސްނަގައިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފައިސާ ހަދިޔާކޮށްފިއެވެ. މިގޮތުން ފެނަކައިން ވަނީ މި ޓެލެތޯނަށް 100،000ރ. ގެ ފައިސާގެ އެހީއެއް ހަދިޔާކޮށްފައެވެ. ސްރީ ލަންކާއަށް ކުރިމަތިވި ބޮޑު ގުދުރަތީ ކާރިސާއާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގައި ބޭއްވި ޓެލެތޯން މިއަދު ނިންމާލިއިރު، 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ރާއްޖޭގެ މީޑިއާތަކުގެ ބައިވެރިވުމާއެކު އިއްޔެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން މިއަދު މެންދުރު ފަހު 2:00 ގައި ނިންމާލިއިރު، ޖުމްލަ 11.5 މިލިއަން ރުފިޔާ ވަނީ އެއްކުރެވިފައެވެ. އެގޮތުން، ދިވެހި ރުފިޔާއިން 10،892،357.82ރ. އަދި 43،631.31 ޑޮލަރު (672،795ރ.) ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު